01 Dec 2013, 05:06
ގިނަ ބައެއްގެ މަގްބޫލުކަން ހޯދަމުން އަންނަ ފާސްޓް އެންޑް ފިއުރިއަސްގެ ބަތަލް ފައުލް ވޯކާ ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޕައުލް މަރުވެފައިވަނީ ލޮސް އެންޖޮލިސްގައި އޮތް ޗެރިޓީ އިވެންޓަކަށް ދިއުމުގެ މަގުމަތީގައި ޕައުލް އިން ކާރު ކޮންޓްރޯލުން ނައްޓައިގެން ގޮސް މަގުމަތީގައި ޖަހާފައި ހުރި ކަރަންޓް ހޮޅިދަނޑިއެއްގައި ޖެހި، ކާރު ގޮވައިގެންނެވެ. އެ ހާދިސާގައި ޕައުލް އިން ކާރު ދުއްވަން އިން އޭނާގެ ރަހްމަތްތެރިޔާ ވެސް މަރުވެފައި ވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ނަމަވެސް ޕައުލް މަރުވެފައިވާ ކަން ލޮސް އެންޖަލިސްގެ ފުލުހުން މީޑިއާއަށް ކަށަވަރުކޮށްދީފައިނުވި ނަމަވެސް ޕައުލުގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ދަނީ އޭނާ މަރުވެފައިވާ ކަމަށް ބުނަމުންނެވެ.
http://www.sun.mv/albums/l_21570.jpg
"ވަރަށް ހިތާމައާއި އެކު ކަށަވަރުކޮށްދެން ޕައުލު މަރުވެފައިވާކަން. އޭނާ މަރުވެފައިވަނީ ކާރު އެކްސިޑެންޓެއްގައި މިއަދު ހަވީރު،" ޕައުލްގެ ރެޕް އީ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.
"ވަރަށް ހިތާމައާއި އެކު ގަބޫލުކުރަންޖެހޭ ޕައުލު ވަނީ މަރުވެފައި. އޭނާ މަރުވެފައިވަނީ އޭނާގެ ޗެރިޓީ އިވެންޓް، 'ރީޗް އައުޓް ވޯލްޑް ވައިޑް' ގެ އިވެންޓަކަށް ދިއުމުގެ މަތުމަތީގައި،" ޕައުލުގެ ފޭސްބުކް ޕޯސްޓުގައި ލިޔެފައިވެ އެވެ.
http://www.sun.mv/albums/l_21569.jpg
އުމުރުން 13 އަހަރުގައި އިނގިރޭސި ސީރީސް ފިލްމް "ތޮބް" އިން ފިލްމީ ދާއިރާއަށް ނުކުމެ ފާސްޓް އެންޑް ދަ ފިއުރިއަސް އިން މަޝްހޫރުކަން ހޯދި 40 އަހަރުގެ ޕައުލު އަކީ އެ މިހާތަނަށް އެ ފިލުމުގެ ހުރިހާ އެޕިސޯޑުގައިވެސް ބަތަލެއްގެ ރޯލު ކުޅެ ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ ކުޅަދާނަ އެކްޓަރެކެވެ. އަދި ޕައުލް މަރުވުމާއި ގުޅިގެން ގިނަ ބަޔަކު ހިތާމަ ފާޅުކޮށް ދަނީ ސޯޝަލް މީޑިއާތަކުގައި އޭނާއަށް ހެޔޮ ދުއާ ކުރަމުންނެވެ.