28 Nov 2013, 15:52
ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް ޑރ. މުހައްމަދު ލަތީފު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު އައްޔަން ކުރައްވައިފި އެވެ.
ޖޭއެސްސީގެ މެންބަރު ކަމަށް ލަތީފު ހަމަޖެއްސެވި ކަމުގެ ލިޔުން، އެމަނިކުފާނާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.
މިރަސްމިއްޔާތުގެ ކުރިން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އައްޝައިޚް ޔޫސުފް ހުސައިންގެ ކުރިފުޅުމަތީގައި، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވާ، ލަތީފު ވަނީ ކުރައްވައިފަ އެވެ.