28 Nov 2013, 12:40
ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރުގެ ނައިބު ކަމަށާއި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ދެ ބޭފުޅަކު ހަމަޖައްސަވައިފި އެވެ.
ފިޝަރީޒް މިނިސްޓަރުގެ ނައިބު ކަމަށް ހަމަޖެއްސެވީ މާފަންނު ޒިޔާރަތްދޮށުގޭ އަޙްމަދު ޙާފިޒެވެ. އޭނާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ވެސް ފިޝަރީޒް މިނިސްޓްރީއަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ.
ރައީސް އޮފީހުން ބުނީ އަޙްމަދު ޙާފިޒު ފިޝަރީޒް މިނިސްޓްރީގެ ނައިބު ކަމަށް ހަމަޖެއްސުމުގެ ކުރިން އޭނާ ހުންނެވީ ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީގެ މަގާމުގައި ކަމަށެވެ.
ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ކަމުގެ މަގާމަށް އައްޔަން ކުރެއްވީ މާލޭ ދަފްތަރު ނަންބަރު 1325 ޑރ. ހުސައިން ފާއިޒެވެ.