28 Nov 2013, 11:58
ބިޒުނަސް އިނިޝިއޭޓިވް ޑައިރެކްޝަންސް ގެ ފަރާތުން ކްރައުން ކޮލިޓީ އެވޯޑް ވިލާކޮލެޖަށް ލިބިއްޖެ އެވެ.
ކްރައުން ކޮލިޓީ އެވޯޑް ވިލާ ކޮލެޖަށް ލިބިފައި ވަނީ އެ ކޮލެޖުން ދެމުން ގެންދާ ހިދުމަތް ތަކުގައި ބައިނަލް އަގްވާމީ އައިއެސްއޯ ގަބޫލު ކުރާ ފެންވަރު ހިފެހެއްޓުމުގެ ގޮތުން ކިޔުސީ ވަން ހަންޑްރެޑްގެ ދަށުން ކުރަމުން ގެންގޮސްފައިވާ މަސައްކަތްތަކުގެ ސަބަބުންނެވެ.
ޕްލޭޓިނާކެޓަގަރީގެ އެ އެވޯޑް ވިލާ ކޮލެޖާ ހަވާލު ކުރުން އޮތީ މިދިޔަ އާދީއްތަ ދުވަހު އިނގިރޭސި ވިލާތުގެ ލަންޑަނުގެ ގޯމަން ޓަވަރު ހޮޓަލުގައި ބޭއްވުނު ބައިނަލް އަޤްވާމީ 25 ވަނަ ކޮލިޓީ ކޮންވެންޝަންގެ ޖަލްސާއެއް ގައެވެ.
ވިލާ ކޮލެޖުގެ ފަރާތުން އެ އެވޯޑާ ޙަވާލުވެވަޑައިގަތީ ކޮލެޖުގެ ޑިރެކްޓަރު އެންޓާޕްރައިޒް އެންޑް ޑިވެލޮޕްމަންޓް މުޙައްމަދު ޢަޒީމް ހާރޫނެވެ.
ކޮލިޓީ ކްރައުން ވަން ހަންޑްރެޑްގެ ދަށުން ދެވުނު އެ އެވޯޑް ވިލާ ކޮލެޖަށް ލިބުނީ 74 ޤައުމުގެ ތެރޭން ވިލާ ކޮލެޖު ހޮވިގެންނެވެ.
ޕްލެޓިނަމް ކެޓަގަރީގެ އެ އެވޯޑް ފަރުމާ ކުރެވިފައި ވަނީ ތަފާތު ދާއިރާ ތަކުން ޚިދުމަތް ކުރަމުން ގެންދާ ޚިދުމަތްތެރީން އެ ޚިދުމަތްތައް ދެމުން ގެންދާއިރު ކޮލިޓީ ހިފެހެއްޓުމުގެ ސަގާފަތެއް ގެންގުޅުމަށް ބާރު އެޅުމުގެ ގޮތުން ކަމަށް ވިލާ ކޮލެޖުން މައުލޫމާތު ދެއްވި އެވެ.
ކިޔުސީ ވަން ހަންޑްރެޑް ގެ ދަށުން ޚިދުމަތުގެ ފެންވަރު ވަޒަންކުރާ އެ އެވޯޑަކީ އޭޝިޔާ ޕެސިފިކް ކޮލިޓީ ކޮންޓްރޯލް ނެޓްވާކް (އޭޕީކިޔުއެން)އިން ވެސް ގަބޫލު ކުރާ އެ ވޯޑެއް ކަމަށް ވެސް އެ ކޮލެޖުން ވަނީ ބުނެފަ އެވެ.
ވިލާ ކޮލެޖުން ދެމުން ގެންދާ ޚިދުމަތް ތަކުގައި ބައިނަލް އަޤްވާމީ އައިއެސްއޯ ފެންވަރު ހިފެހެއްޓުމަށް 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ވިލާ ކޮލެޖުން އަންނަނީ މަސައްކަތް ކުރަމުން ކަމަށް އެ ކޮލެޖުން ބުންޏެވެ.