27 Nov 2013, 11:02
ނ. ބަނޑައިދިއްދޫ ކުލިއާއި ޖޫރިމަނާގެ ގޮތުގައި 9.1 މިލިއަން ރުފިޔާ ދެ މަސް ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
އެ ރަށަކީ ދަނޑުވެރިކަން ކުރުމަށް ހއ.ދިއްދޫ، ޕިންކް ރޯސް، މޫސާ ނަސީރަށް ކުއްޔަށް ދީފައިވާ ރަށެކެވެ. ރަށުގެ ކުލީގެ ފައިސާ ނުދައްކައިގެން ދައުލަތުން އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނީ 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ކުއްޔާ ޖޫރިމަނާގެ ގޮތުގައި ދައުލަތައް 9،061،442.50ރ. މީރާއަށް ދެއްކުމަށް ހުކުމް ކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.
މީރާއިން ދަނީ ދައުލަތައް ލިބެންޖެހޭ ފައިސާގެ ތެރެއިން ކުލި ނުދައްކާ ފަރާތްތަކާމެދު ދައުވާކޮށް ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޯޓުންނާއި ކޯޓުގެ ބޭތުންވެސް ކުރަމުންނެވެ.