27 Nov 2013, 10:28
ރާއްޖޭގައި ހުންނަ ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކު) ގެ ކޯސްޓަލް ޒޯން މެނޭޖްމަންޓް ސެންޓަރުން އިންތިޒާމްކޮށްގެން، ކުރިއަށް ގެންދާ މުރަކަ ހިމާޔަތްކުރުމާ ބެހޭ ވޯކްޝޮޕެއް ރާއްޖޭގައި ފަށައިފި އެވެ.
"ޓްރެއިނިންގް ވޯކްޝޮޕް އޮން ކޮންޒަވޭޝަން އެންޑް މެނޭޖްމަންޓް އޮފް ކޮރަލް ރީފް އީކޯސިސްޓަމްސް އިން ސައުތު އޭޝިއާ ރީޖަން"ގެ ނަމުގައި ޕެރަޑައިސް އައިލެންޑް ރިޒޯޓުގައި ފަށައިގެން ކުރިއަށް ގެންދާ ވޯކްޝޮޕް ފަށާފައި ވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.
ސާކު ކޯސްޓަލް ޒޯން މެނޭޖްމަންޓް ސެންޓަރުން ބުނީ އެ ވޯކްޝޮޕްގައި ދެކުނު އޭޝިޔާގެ ގައުމުތަކުގެ އިތުރުން ރާއްޖޭގެ ކަމާ ބެހޭ ބައެއް އޮފީސްތަކުން ބައިވެރިވަމުން އަންނަ ކަމަށެވެ.
ސްރީލަންކާ އަދި ރާއްޖޭގެ ކަމާ ބެހޭ ތަޖުރިބާކާރުން ކިޔަވާދެއްވާ އެ ވޯކްޝޮޕުގައި ބައިވެރިންނަށް މުރަކައާ ބެހޭ ތަފާތު މައުލޫމާތުތަކާއި މުރަކަ ހިމާޔަތްކުރުމާއި ބެހޭ ތަފާތު ތަމްރީންތައް ދެވިގެންދާނެ ކަމަށް އެސެންޓަރުން ވަނީ ބުނެފަ އެވެ.