މޫނު ބުރުގާ އަޅައިގެން ވައްކަން ކުރަން އުޅުނު ފިރިހެނަކު ހުޅުމާލެއިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި މޫނު ބުރުގާ އަޅައިގެން އުޅެނިކޮށް ރޭ އިރާކޮޅު ހައްޔަރު ކުރީ، އުމުރުން 40 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ބަރަހަނާ ވީޑިއޯ ގެންގުޅުމާއި ވައްކަން ކުރުމުގެ ތުހުމަތެވެ.

ފުލުހުން އޭނާ ހައްޔަރު ކުރީ ބަރަހަނާ ވީޑިއޯ ގެންގުޅޭ ކަމަށް އާންމު ފަރާތަކުން ފުލުސް އޮފީހަށް ދިން މައުލޫމާތަކާ ގުޅިގެންނެވެ.

ވައްކަން ކުރަން ވަގުން ތަފާތު އެކި އުކުޅުތައް ގެންގުޅުނަސް، ރާއްޖޭގައި މިހާތަނަށް މޫނު ބުރުގާ އަޅައިގެން ވައްކަމުގެ ތުހުމަތަށް ފިރިހެނަކު ހައްޔަރު ކުރި މިއީ ފުރަތަމަ ފަހަރެވެ.