26 Nov 2013, 15:06
މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނައިބު ކަމުގެ މަޤާމަށް، ގ. އާސާނީ މުޙަންމަދު އަޝްމަލީ މިއަދު އައްޔަނު ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ މުހަންމަދު އަޝްމަލީ އެ މަޤާމަށް ޢައްޔަނު ކުރައްވާފައި ވަނީ، ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ (އެންސީއައިޓީ) ހިންގަވާ އެންމެ އިސްވެރިއެއްގެ ގޮތުގައި ކަމަށެވެ.
އަޝްމަލީއަކީ ޕީޕީއެމްގެ ބޭފުޅެކެވެ. އޭނަ ވަނީ ރައީސް އަބްދުﷲ ޔާމިންގެ ރިޔާސީ ކެމްޕޭންގައި އެމަނިކުފާނުގެ ދިފާއުގައި މީޑިއާގައި ވާހަކަފުޅު ދައްކަވާފަ އެވެ. އަޝްމަލީއަކީ ޑީއާރްޕީ ބައިބައިވެގެންދިޔައިރު ޒެޑް ފެކްޝަންގައި ވެސް އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ.