އަލުން ޗާޕުކުރަންޖެހޭ ވަރަށް ސްޓޮކް ދައްވުމުގެ ސަބަބުން 10ރ. އަދި 20ރ. އާ ނޫޓު ތަކެއް ޗާޕުކޮށްގެން މިއަދު މާލެއަށް ގެނެސްފި އެވެ.

މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނީ، އަލަށް ޗާޕްކޮށްގެން ގެނައި 10 ރުފިޔާ އަދި 20 ރުފިޔާގެ ނޫޓަކީ މިހާރު ދައުރުވާ 10 ރުފިޔާ އަދި 20 ރުފިޔާގެ ނޫޓަށް އައު ސަލާމަތީ ސިފަތަކެއް އިތުރުކޮށްފައިވާ ނޫޓުތަކެއް ކަމަށެވެ. އަދި އެނޫޓުޓަކުގެ ސަލާމަތީ ސިފަތަކުގެ މައުލޫމާތު އެނޫޓް ނެރޭ ތާރީހު ކައިރިވުމުން އާންމުކޮށް އިއުލާން ކުރާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ދާތިފަހުން ވަނީ 100ރ. ނޫޓު މަދުވެގެން އާ 100ރ. ނޫޓުޓަކެއް ވަނީ ދައުރުވާ ފައިސާގެ ތެރެއަށް ދޫކޮށްފަ އެވެ. އެއީ 2004 ވަނަ އަހަރު ޗާޕްކުރި 100 ރުފިޔާގެ ނޫޓުތަކަށް އާ ސަލާމަތީ ސިފަތަކެއް އިތުރުކޮށްގެން ޗާޕްކޮށްފައިވާ ނޫޓެކެވެ.