އެއްގަމު ދަތުރު ފަތުރުގެ ލައިސަންސްގެ ޚިދުމަތަށް އެދޭ ފޯމުގައި ފުލުހުންގެ ފަރާތުން ފުރިހަމަކުރަންޖެހޭ ރެކޯޑް ސާފުކުރުމުގެ ޚިދުމަތް، ޕޮލިސް ޓޯ ޔާޑުން ދޭ ގޮތަށް ހަމަޖައްސައިފި އެވެ.


ފުލުހުން ބުނީ ކުރިން ޝަހީދު ހުސައިން އާދަމް ބިލްޑިންގެ ޕަބްލިކް ރިލޭޝަނުން ދެމުން ގެންދިޔަ މިޚިދުމަތް އިއްޔެ އިން ފެށިގެން ޓޯޔާޑުން ދޭ ގޮތަށް ހަމަޖެއްސީ ޓްރެފިކާ ބެހޭ މައްސަލަތަކުގެ ރެކޯޑް ސީދާ ބަލަހައްޓާ ފަރާތަކީ ޕޮލިސް ޓޯޔާޑު ކަމަށްވުމާއެކު ފަސޭހަ އަވަސް ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ބޭނުމުގަ ކަމަށެވެ.


މިގޮތަށް ހަމަޖެއްސި ނަމަވެސް ކުރިއެކޭ ވެސް އެއްގޮތަށް ކަނޑުދަތުރު ފަތުރުގެ ލައިސަންސްގެ ޚިދުމަތަށް އެދޭ ފޯމުގެ ރެކޯޑް ސާފުކުރުމުގެ ޚިދުމަތް ފުރިހަމަކުރަމުން އަންނާނީ ޝަހީދު ހުސައިން އާދަމް ބިލްޑިންގެ ޕަބްލިކް ރިލޭޝަން ޔުނިޓުން ކަމަށް ވެސް ފުލުހުން ބުންޏެވެ.