ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރަކު މިރޭ ޖުމްހޫރީ ޕާޓީ( ޖޭޕީ) އަށް ސޮއިކޮށްފި އެވެ.

އެބޭފުޅުން ޖޭޕީ އަށް ސޮއިކުރެއްވީ މިހާރު ކުރިއަށްދާ އެ ޕާޓީގެ ޖަލްސާގަ އެވެ.

މިރޭ ޖޭޕީ އަށް ސޮއިކުރެއްވީ ޑީއާރުޕީގެ މެމްބަރެއްގެ ގޮތުގައި ކުރިން ހުންނެވި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު މުހައްމަދާއި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ހަސަން ލަތީފު މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދެވެ.

މަޖިލީހުގެ ތިން މެމްބަރުންގެ އިތުރުން އެމްޓީސީސީގެ ކުރީގެ ސީއީއޯ ޑރ. އަހުމަދު އަދުހަމާއި ޓީވީއެމްގެ ކުރީގެ ސީއީއޯ އަލީ ޚާލިދާއި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވެސް ޖޭޕީ އަށް މިރޭ ސޮއިކުރެއްވި އެވެ.

އޭގެ ތެރެއިން ޑރ. އަދުހަމު ކުރިން ހުންނެވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ( އެމްޑީޕީ) ގަ އެވެ. އަދި އަލީ ސޯލިހު ހުންނެވީ ދިވެހި ރައްޔިތުންގެ ޕާޓީ ( ޑީއާރުޕީ) ގަ އެވެ.