ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި އިނގިރޭސި ވިލާތުގެ ރޯޔަލް އިންސްޓިއުޓް އޮފް ޕަބްލިކް އެފެއާޒް (ރީޕާ)އާ ގުޅިގެން ޖަސްޓިސް ސެކްޓާ ރިފޯމް ޕްރޮގްރާމެއް ފަށާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފި އެވެ.


އެ ޑިޕާޓްމަންޓުން ބުނީ އެ ޕްރޮގްރާމްގައި ސުލޫކީ މިންގަނޑާއި ބެންގަލޯ ޕްރިންސިޕަލްސް އާއި ސިވިލް އަދި ކްރިމިނަލް ޖޫރިސްޓިކްޝަން ކޭސް މެނޭޖްމަންޓާއި ރިކޯޑް މެނޭޖްމަންޓާއި ޝަރުއީ މަސައްކަތުގެ ފެންވަރު ވަޒަން ކުރާނެ ގޮތް ހިމެނޭނެ ކަމަށެވެ.


މީގެ އިތުރުން ޝަރުއީ ދާއިރާގެ މިނިވަންކަމާއި ކޯޓުތައް މޮޑެނައިޒްކުރުމާއި ޖުޑީޝަލް ސުލޫކާ ބެހޭ ޝަކުވާތައް މެނޭޖްކުރުމާއި މަގާމަށް އައްޔަންކުރުމާއި ކަސްޓަމާ ކެއާ އާއި ކޮރަޕްޝަންއާ ދެކޮޅަށް މަސައްކަތް ކުރުމާއި ޕާސަނަލް ޑިވެލޮޕްމަންޓް މެނޭޖްކުރުން ވެސް ވަނީ ހިމަނާފައި ވާނެ ކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.  


ރިފޯމް ޕްރޮގްރާމުގައި 15 ފަރާތެއް ބައިވެރިވެ އެވެ. އެ ޕްރޮގްރާމްގައި ތަމްރީނު ދެނީ އިނގިރޭސިވިލާތުގެ ތަޖުރިބާކާރެއްކަމުގައިވާ ޑރ. ރިޗަޑް ވޫލްފްސަން އެވެ.


ދެ ހަފްތާ އަށް ހިންގާ އެ ޕްރޮގްރާމްގައި ޝަރުޢީ ދާއިރާގައި ހުރި ހުރިހާ މައުލޫތަކަށް މައުލޫމާތު ބަދަލު ކުރާނެ ކަމަށް ވެސް އެ ޑިޕާޓްމަންޓުން ބުންޏެވެ.