ކަންނެލި މަސްވެރިކަމަށް ފުރިފަހުން ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ'ކަނޑުރޯދި ދޯނި މިއަދު ހެނދުނު މާލެ އަތުވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯނި މިއަދު ހެނދުނު މާލެ އައި އިރު ދޯނިން ދަތުރު ކުރި 11 މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މާލޭގައި ދުއްވާ އެ ދޯނީގެ އިންޖީނުގެ ފިއުލް ޕަމްޕް ފަޅައިގެންގޮސް އިންޖީނު ހުއްޓުނީ މިދިޔަ އަންގާރަ ދުވަހު ހެނދުނު މ. މުލިން ފުރައިގެން މަސްވެރިކަމުގައި އުޅެނިކޮށް ކަމަށެވެ. އަދި އިންޖީނަށް ދިމާވި މައްސަލަ ހައްލުކުރެވުނީ މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރު ކަމަށް ދޯނީގެ ކެޕްޓަން މަޢުލޫމާތު ދީފައިވާ ކަމަށެވެ.

ކަނޑުރޯދި ދޯނި ފުރިފަހުން ޚަބަރެއްނުވެގެން ދޯނީގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓް ކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު 09:35 ހާއިރު އެވެ.

އެމްއެންޑީއެފުން އެ ދޯނި ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ދޯނީގެ ހަބަރެއް ވެފައި ވަނީ ރެ އެވެ. އަދި ދޯނި އޭރު މާލެ އައުމަށް ދަތުރު ކުރަމުން އަންނަ ކަމަށް މައުލޫމާތު ދީފައިވެ އެވެ. އޭރު އެދޯނި އޮތީ މ. އަތޮޅު ކޮޅުފުއްޓާ ދިމާބޭރުން ގާތްގަނޑަކަށް 15 ވަރަކަށް ނޯޓިކަލް މޭލް ބޭރުގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެ އެވެ.