25 Nov 2013, 11:07
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ކެބިނެޓްގެ ފަސް ވަޒީރަކަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ނަންތައް ފޮނުވުމުން އެ ނަންތައް ދިރާސާ ކުރުމަށް ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.
ދިރާސާ ކުރުމަށް ކޮމެޓީ އަށް ފޮނުވާފައިވާ ފަސް ބޭފުޅުންނަކީ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމާއި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އާއި ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު އަދި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދުގެ ނަންފުޅެވެ.
އެ ފަސް ބޭފުޅުންނަކީ ޔާމީންގެ ކެބިނެޓްގައި ފުރަތަމަ ހުވާކުރެއްވި ފަސް ވަޒީރުން ނެވެ. އިތުރު ވަޒީރުންގެ ރުހުން ހޯދުމަށް އަދި މަޖިލީހަކަށް ހުށައަޅާފައެއް ނުވެ އެވެ.
މިއަދުގެ އެ ޖަލްސާގައި ވަނީ ފަސް ވަޒީރުންގެ އިތުރުން މެލޭޝިއާގައި ހުންނަ ދިވެހި ސަފީރުކަމަށް އައްޔަންކުރައްވަން ސަރުކާރުން ނިންމާފައިވާ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒުގެ ނަން ވެސް ދިރާސާކުރުމަށް ކޮމިޓީ އަށް ވަނީ ފޮނުވާފަ އެވެ.