25 Nov 2013, 10:15
ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، ސަރުކާރުގެ މެޖޯރިޓީ ޝެއާ އޮންނަ ކުންފުނިތައް ހިންގަވާ އެންމެ އިސް ބޭފުޅަކަށް ލިބިވަޑައިގަންނަވާ މުސާރަ އާއި ޢިނާޔަތްތައް ސަރުކާރުގެ ވަޒީރުންގެ މުސާރަ އަށް ވުރެ ބޮޑުނުވާނޭ ގޮތަކަށް ހަމަޖެއްސެވުމަށް ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުން މިއަދު އާންމުކުރި ކުރު ބަޔާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމު މިއަދު ފިނޭންސް މިނިސްޓަރު ޢަބްދުﷲ ޖިހާދަށް އެކަން އަންގަވާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފިނޭންސް މިނިސްޓްރީ އަށް ފޮނުއްވި ސިޓީގައި އެކަމާ ގުޅޭ ގޮތުން ހަމަޖައްސަވަން ޖެހޭ ކަންތައްތައް ހަމަޖެއްސެވުމަށް ފަހު، އަންނަ ޑިސެމްބަރު މަހުގެ 3 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އެ އޮފީހަށް އަންގަވައި ދެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.