24 Nov 2013, 21:50
ކަންނެއްޔަށް ނުކުމެ އުޅެނިކޮށް ގެއްލުނު "ކަނޑުރޯދި" ނަމަކަށް ކިޔާ ދޯންޏާ ގުޅިފައިވާ ކަމަށާއި އެ ދޯނި މިރޭ ފަތިހުގެ ވަގުތެއްގައި މާލެ އަންނާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފްގެ ޑެޕިއުޓީ ސްޕޯކްސް ޕާސަން މޭޖާ ހުސެއިން އަލީ މިރޭ ވިދާޅުވީ ގެއްލިގެން ހޯދަމުން އަންނަ "'ކަނޑުރޯދި" ދޯންޏާ މިރޭ 7 ޖަހާއެހާކަންހާ އިރު ފޯނުން ގުޅިފައިވާ ކަމަށާއި އޭރު އެ ދޯނި އޮތީ މ. އަތޮޅު ކޮޅުފުއްޓާ ދިމާބޭރުން ގާތްގަނޑަކަށް 15 ވަރަކަށް ނޯޓިކަލް މޭލް ބޭރުގައި ކަމަށެވެ.
އެ ދޯނީގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ދޯނި ހުއްޓެންޖެހި އުޅުނު ޖެހުނު ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދޯނީގެ ހަބަރެއް ނުވެގެން ދޯންޏާ ނުގުޅިގެން ލިބުނު ރިޕޯޓަކާ ގުޅިގެން ދޯނި ހޯދަމުން ދިޔައީ، ދޯނީގެ އިންޖީނަށް މައްސަލައެއް ދިމާވި ކަމަށް ވަނީ، ނަމަވެސް އެކަމުގެ ތަފްސީލެއް މާބޮޑަކަށް ނުލިބޭ،" ހުސެއިން އަލީ ވިދާޅުވި އެވެ.
ދޯނީގައި ތިބި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށާއި އެ ދޯނި މިހާރު މާލެ އައުމަށް ދަތުރު ކުރަމުން އަންނަ ދޯނީގެ ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފުން ބުންޏެވެ.
ކަނޑުރޮދި ދޯންޏަކީ ގަދަ ނޫ ކުލަ ދަވާދުލާފައިވާ 75 ފޫޓުގެ ދިގު ދޯންޏެވެ.