24 Nov 2013, 12:48
ގުދަނަކުން ވައްކަންކުރި މީހަކު ދޮޅުއަހަރަށް ޖަލަށްލުމަށް ލ. އިސްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ ހުކުމް ކޮށްފައި ވަނީ ލ.އިސްދޫ ފަރިވާގޭ މުހައްމަދު ރަމްޒީ،31، ގެ މައްޗަށެވެ.
މިދިޔަ ބުދަ ދުވަހު އިސްދޫ ކޯޓުން އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2010 މެއި މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އިސްދޫގައި ހުންނަ “ފްރެސް މީޑް” ފިހާރައިގެ ގުދަން ފަޅާލައި އެތާތެރެއިން ވައްކަން ކުރިކަން ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ.
އިސްދޫ ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ދައުވާ އަށް އޭނާ އިންކާރުކުރި ނަމަވެސް ހެކީންގެ ހެކިބަހުން ވައްކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.