މާލިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ، ސަން އައިލެންޑް ރިސޯޓްގެ ޖެނެރަލް މެނޭޖަރަކަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ މައުސޫމަށް ދީފި އެވެ.

މައުސޫމް މިއަދު "ސަން" އަށް ވިދާޅުވީ، ވިލާ ކުންފުނީގެ ސަން އައލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރުކަން އިއްޔެ އެމަނިކުފާނު ހަވާލުވެވަޑައިގެން މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. ކެލާ ދާއިރާގެ މެމްބަރުކަން ކުރައްވަމުން އެ ރިސޯޓްގެ މެނޭޖަރުކަން ކުރައްވަމުން އަންނަ އިރު އިތުރު ދައުރަކަށް މެމްބަރުކަމަށް ކުރިމަތިލައްވާފާނެތޯ ނުވަތަ ނޫންތޯ އަދި ނުނިންމާ ކަމަށް މައުސޫމް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ހިތާ ވަރަށް ގާތް އެއްޗެއް ޓޫރިޒަމް އަކީ، އަޅުގަނޑު އިއްޔެ މި ރިސޯޓްގެ ޖެނެރަލް މެނޭޖަރުކަމާ މި ހަވާލުވީ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ދާއިރާ އަށް އަނެއްކާ ވެސް ނުކުންނަވަން ނިންމެވީ ޓޫރިޒަމްގެ ދާއިރާ އިން ކުރިއަށް ދިއުމަށާއި އެ ދާއިރާ އިން ތައުލީމް ހާސިލު ކުރުމަށް ޒުވާނުންނަން ހިތްވަރުދިނުމުގެ ގޮތުން ކަމަށެވެ.

މީގެ ކުރިން ސަން އައިލެންޑްގެ ރިސޯޓްގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނެވި މުހައްމަދު ސައީދަށް ވަނީ އަބްދުﷲ ޔާމީނު ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ދެއްވައިފަ އެވެ.

ޑރ. މައުސޫމަކީ ޓޫރިޒަމްގެ ދާއިރާ އިން މަތީ ތައުލީމް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ މީގެ ކުރިން ބައެއް ރިސޯޓްތަކުގެ އިސް މަގާމްތަކެއް ވެސް ފުރުއްވައިފަ އެވެ.