ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އެއްޗިހި ތަކަކާއިއެކު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ 18 އަހަރުގެ ފިރިނެއް ކަމަށާއި އޭނާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.

އިއްޔެ ހަވީރު 5:10 އެހައިކަންހާއިރު ޔޫއެން ބިލްޑިން ކައިރިން އޭނާ ހައްޔަރުކޮށްފައި ވަނީ ދަބަހެއް ހިފައިގެން ދަނިކޮށް އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ގެންގުޅުނު ދަބަސް ބަލައި ފާސްކުރިއިރު އޭގެތެރެއިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އެންޑްރޮއިޑް ޓެބްލެޓަކާއި ޕީއެސް 2 އަކާއި ޖޮއިސްޓިކެއްގެ އިތުރުން ނޮކިއާ ބްރޭންޑްގެ ފޯނެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.