22 Nov 2013, 15:33
ގދ. ގައްދޫ ބަނދަރު ސަރަހައްދުގައި އޮތް ތެޔޮ ލޮރީއެއްގައި ބަޔަކު ރޯކޮށްލައިފި އެވެ.
ސަންއާ ވާހަކަދައްކަވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގައްދޫ ބަނދަރު ސަރަހައްދު ގެއެއްގެ ކައިރީގައި އޮތް ތެޔޮ ލޮރީއެއްގައި ރޯކޮށްލާފައި ވަނީ ރޭ ދަންވަރު 1:30 އެހައިކަންހާއިރު ކަމަށެވެ.
އަލިފާން ރޯކޮށްލުމުގެ ސަބަބުން ލޮރީއަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށާއި އެ އަމަލު ހިންގިކަމަށް ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
"އެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުން މިދަނީ،" އޮފިޝަލް ވިދާޅުވި އެވެ.