މާލޭގައި މިރޭ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ. އެ ހަމަލާގައި ޒަހަމުކޮށްލާފައި ވަނީ ބަނގުލަދޭޝް މީހެކެވެ.

ފުލުހުން ބުނީ ޒަހަމް ވެފައިވާ ބިދޭސީ މީހާއަކީ ޒުވާން އުމުރުގެ ފިރިހެނެއް ކަމަށާއި އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީފައި ވަނީ މިރޭ 9:13 ކަންހާއިރު ހަވީރީ ހިނގުމުގައި ހުންނަ އޭޑީކޭ ބިލްޑިންގި ކުރިމަތިން ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ޒަހަމްވި ޒުވާނާއަށް އައިޖީއެމްޗްގައި މިހާރު ފަރުވާ ދެމުންދާ ކަމަށެވެ. އަދި ތޫނު އެއްޗަކުން ހަމަލަ ދިނުމުގެ ސަބަބުން އޭނާގެ ކަނާއަތު ކަންފަތުން ދޮޅު އިންޗި އެއް ހާތަން ޒަޙަމް ވެފައިވާ ކަމަށެވެ.

ބިދޭސީ މީހާއަށް ތޫނުއެއްޗަކުން ހަމަލާދިން ހާދިސާ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުން ތަހުގީގު ކުރަމުން ދާތީ މި ވަގުތު އިތުރު މައުލޫމާތު ހާމަކުރެވެން ނެތް ކަމަށް ފުލުހުން ބުންޏެވެ.