މި އަހަރުގެ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ދިވެހި ސިފައިން ކުލަބު (ޑީއެސްސީ) އާއި ނައިފަރު ޖުވެނައިލް ބައްދަލުކުރިމެޗު ދިވެހި ސިފައިން ކުލަބުން ކާމިޔާބުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓްގައި ކުޅެވުނު މިމެޗު ޑީއެސްސީ އިން ކާމިޔާބުކުރީ ސީދާ ތިންސެޓުންނެވެ. މެޗުގެ ސެޓްތައް ޑީއެސްސީއިން ކާމިޔާބު ކޮސްފައި ވަނީ، 25-20، 25-18 އަދި 28-26 އިންނެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑީއެސްސީގެ ތައިލެންޑު ކުޅުންތެރިޔާ ޖަރޮންސަރީ ބޮލީ އެވެ.

މިމުބާރާތުގައި ދިވެހި ސިފައިން ކުލަބުގެ އަންހެން ޓީމު ވާދަކުރާ ދެވަނަ މެޗުގައި މާދަމާ ރޭ 8:30 ގައި ނިކުންނާނީ ޕޮލިސް ކުލަބާއި ދެކޮޅަށެވެ.