ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫގެ ކެބިނެޓް މެންބަރުކަން އިތުރު ތިން ބޭފުޅަކަށް ދެއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ބައްދަލުކުރެއްވުމެއްގައި ވަޒީރު ކަމަށް އައްޔަން ކުރެއްވި ތިން ބޭފުޅުންނަކީ އެޑިޔުކޭޝަން މިނިސްޓަރުގެ މަގާމަށް ގަލޮޅު ކުދިރުވާލިގޭ ޑރ. އައިޝަތު ޝިހާމާއި ހެލްތު އެންޑް ޖެންޑާ ކަމުގެ މަގާމަށް ގަލޮޅު މަނާމް ޑރ. މަރްޔަމް ޝަކީލާ އާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ކަމުގެ މަގާމަށް ފުވައްމުލަކު ދޫޑިގަމް ކުނަހަނގާލިގޭ މުހައްމަދު މަލީހު ޖަމާލު އެވެ.

އެ ތިން ބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވާކުރެއްވުމުން އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ދެއްވައިފަ އެވެ.


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ކެބިނެޓަށް މިހާތަނަށް އައްޔަން ނުކޮށް ވަނީ އެޓާނީ ޖެނެރަލް އެކަންޏެވެ.