21 Nov 2013, 10:29
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމު އަބްދުﷲ އަމީނަށް މިއަދު އައްޔަން ކުރައްވައިފި އެވެ.
މިމަގާމަށް އޭނާ އައްޔަން ކުރެއްވި ކަމުގެ ފަތްކޮޅު، އެމަނިކުފާނާ ހާވާލުކޮށްދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.
އަމީންއަކީ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ އަދި ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓްގެ ގޮތުގައި ކުރިން ހުންނެވި ބޭފުޅެކެވެ.
ރައީސް އޮފީހުގެ މިނިސްޓަރުގެ ކަމުގެ މަގާމަށް އަމީން އައްޔަން ކުރައްވާފައިވާއިރު ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމަށް މީގެ ކުރިން ވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރު މުހައްމަދު ޝަރީފް (މުންދު) ވެސް އައްޔަން ކުރައްވައިފަ އެވެ.