އިންޑިއާގެ ކޮމާޝަލް މަތިންދާބޯޓެއްގެ ފާހާނައިގައި ފޮރުވާފައި ހުރި އެއް މިލިޔަން ޑޮލަރަށް ވުރެ އަގުހުރި ރަން ފެނިއްޖެ އެވެ.

އޭޖެންސެ ފްރާންސް ޕްރެސް ( އޭއެފްޕީ) ބުނީ އިންޑިއާގެ އިރުމަތީ އިންޑިއާގެ ކަލްކަތާއަށް ދިޔަ ޖެޓް އެއާވޭސްގެ މަތިންދާބޯޓްގެ ފާހާނާއިން 24 ގަނޑު ރަން ފެނިފައިވާ ކަމަށާއި އެތަކެތީގެ އަގު 1.24 މިލިޔަން ޑޮލަރަށް އަރާ ކަމަށެވެ. އެރަންތައް ފެނުނީ މަތިންދާބޯޓް ސާފުކުރާ މީހުންނަށް ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

ބައިނަލް އަގުވާމީ ދަތުރުތަކެއް ވެސް ކުރުމަށް ފަހު ޖެޓް އެއާވޭސްގެ އެ ބޯޓް ކަލްކަތާއަށް އައީ އިންޑިއާގެ އިރުމަތީ ރަށެއް ކަމަށްވާ ޕަޓްނާއިން ކަމަށް އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުގައިވެ އެވެ.

"ސާފުކުރާ މުވައްޒަފުން ދިޔައީ އެމީހުން ގަވައިދުން ކުރާ ސާފުކުރުމުގެ މަސައްކަތައިގެން، އަދި އެމީހުންނަށް ފާހާނާގެ ތެރެއިން ފެނުނީ ދެ ދަބަސް، "ކަލްކަތާ އެއާޕޯޓްގެ ޑައިރެކްޓަރު ބީޕީ.މިޝްރާ ވިދާޅުވި ކަމަށް ނޫސްތަކުގައިވެ އެވެ.

ރަނުގެ ވިޔަފާރީގައި ޗައިނާއާ ވާދަކުރަމުން އަންނަ އިންޑިއާ އިން ރަން ސްމަގުލް ކުރުމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ ގިނަވެ ފައެވެ.