ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަޙީދާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

އެބައްދަލުކުރެއްވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަޙީދަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވި އެވެ. އަދި ފުލުހުންގެ އިދާރާގެ ކުރިއެރުމަށާއި ތަރައްގީ އަށް ކުރިއަށް އޮތްތާނގައި ކުރެވެން ހުރި ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުކުރެއްވުމުގެ ކުރިން، ކޮމިޝަނަރު އޮފް ޕޮލިސްގެ މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ރަސްމީ ލިޔުން، ޙުސައިން ވަޙީދަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުޙަންމަދު ޖަމީލް އަޙްމަދާއި މިނިސްޓަރު އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރު ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮހީހުން ބުންޏެވެ.