ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމަށް ޕީޕީއެމްގެ ކައުންސިލް މެންބަރު މުހައްމަދު ޝަރީފް (މުންދު) އަދި ކޮމިޝަނަރު އޮފް ކަސްޓަމްސްގެ މަގާމަށް އަހުމަދު މުހައްމަދު (އަންޑޭ) މިއަދު ހަމަޖައްސަވައިފި އެވެ.

އެ ދެ ބޭފުޅުންނަށް މަގާމު ހަވާލު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމު މުންދުއާ ހަވާލު ކުރައްވައި، ކަސްޓަމްސްގެ ޤާނޫނުގައިވާ ގޮތުގެ މަތިން އައްޑޭއަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ކަމުގެ ލިޔުން މިއަދު ހަވާލު ކުރެއްވިއިރު، އެ ދެ ބޭފުޅުންނަކީ ނިމިދިޔަ ސަރުކާރުގައި ވެސް ވަޒީރުކަން ކުރައްވާފައިވާ ދެ ބޭފުޅުންނެވެ.

އަންޑޭއަކީ ކުރިން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. މުންދުއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނުގެ ތަރުޖަމާންކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.