Last Updated:
1 decade 2 year ago

އިތުރު ހަ ބޭފުޅަކަށް ވަޒީރުކަން ދެއްވައިފި

    ބުލޮގު ޚުލާސާ
    ޕީޕީއެމްގެ ޕްރައިމަރީގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ އެކު ވާދަކުރެއްވި އުމަރު ނަސީރަށް ހޯމް މިނިސްޓަރުކަން ހުށަހަޅާފައިވާކަން ސަން އަށް ކަށަވަރުވެއްޖެ އެވެ.

    އުމަރަށް އެ މަގާމު ހުށަހަޅުއްވާފައި ވަނީ ޖުމްހޫރީ ޕާޓީންނެވެ.

    އުމަރުގެ އިތުރުން މިއަދު ވަޒީރުކަމަށް ހަމައްސަވާ ބޭފުޅުންގެ ތެރޭގައި އެންވަޔަރުމަންޓް މިނިސްޓަރަކަށް ތޯރިގު އިބްރާހީމު ވެސް ހިމެނެ އެވެ.

    ޔާމީންގެ ސަރުކާރަށް މިހާތަނަށް އައްޔަންކޮށްފައި ވަނީ ފަސް މިނިސްޓަރެކެވެ. އެއީ ފޮރިން މިނިސްޓަރު ކަމަށް ދުންޔާ މައުމޫނާއި ޑިފެންސް މިނިސްޓަރު ކަމަށް މުހައްމަދު ނާޒިމާއި ޓޫރިޒަމް މިނިސްޓަރު ކަމަށް އަހްމަދު އަދީބާއި ފިނޭންސް މިނިސްޓަރަކަށް އަބްދުﷲ ޖިހާދު އަދި ޓްރާންސްޕޯޓް މިނިސްޓަރު ކަމަށް އަމީން އިބްރާހީމެވެ.

    18:02

    ވަޒީރުންގެ މަޖިލީހަށް ހަ ބޭފަޅު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް މިއަދު އައްޔަންކުރައްވައިފި އެވެ.

    މިއަދު ރައީސް އޮފީހުގައި އޮތް ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައި ވަނީ ޕީޕީއެމްގެ ކުރީގެ ނައިބު ލީޑަރު އަދި ޕީޕީއެމްގެ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔާމާ ވާދަކު ކުރެއްވި އުމަރު ނަސީރު އެވެ. އިސްލާމިކް މިނިސްޓަރު ކަމުގެ މަގާމަށް ރައީސް ޑރ. މުހައްމަދު ވަހީދު ސަރުކާރުގައި ވެސް އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސަވާފައިވާ އިރު ހައުސިން މިނިސްޓަރު ކަމަށް ހަމަޖައްސަވާފައި ވަނީ ޑރ. ވަހީދު ސަރުކާރުގައި ވެސް އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު އެވެ.

    ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެމްޕެއިން މެނޭޖަރުގެ ގޮތުގައި ހުންނެވި މުހައްމަދު ސައީދު އިކޮނަމިކް މިނިސްޓަރު ކަމަށް ހަމަޖައްސަވާފައިވާ އިރު އެންވާރަމެންޓް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައި ވަނީ ތޯރިގް އިބްރާހީމް(ތޯބެ) އެވެ. އޭގެ އިތުރުން ފިޝަރީޒް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައި ވަނީ ޑރ. މުހައްމަދު ޝައިނީ އެވެ.

    ވަޒީރުންގެ މަޖިލީހަށް ނަން ހުށަހެޅުމަށް ސަރުކާރުގެ ހިމެނޭ ޕާޓީތަކަށް ދިން ފުރުސަތުގައި ފިޝަރީޒް މިނިސްޓަރު ކަމަށް ޑރ. މުހައްމަދު ޝައިނީ އާއި ހައުސިން މިނިސްޓަރު ކަމަށް ޑރ. މުއިއްޒު ހަމަޖެއްސުމަށް ހުށަހެޅީ އެމްޑީއޭ އިންނެވެ. އަދި ހޯމް މިނިސްޓަރު ކަމަށް އުމަރު ނަސީރުގެ ނަންފުޅާއި އެންވަޔަރުމަންޓް މިނިސްޓަރު ކަމަށް ތޯރިގުގެ ނަންފުޅާއި އިކޮނަމިކް މިނިސްޓަރު ކަމަށް މުހައްމަދު ސައީދުގެ ނަންފުޅު ފޮނުވީ ޖުމްހޫރީ ޕާޓީގެ ފަރާތުންނެވެ.

    ޝަހީމު އިސްލާމިކް މިނިސްޓަރު ކަމަށް ހަމަޖައްސަވާފައި ވަނީ އަދާލަތު ޕާޓީގެ ސޮލޮޓެއްގެ ގޮތުގަ އެވެ.

    ޔާމީންގެ ކެބިނެޓަށް ކުރިން އައްޔަން ކުރެއްވި ފަސް ބޭފުޅުންނާ އެކު ކެބިނެޓްގެ އަދަދު 11 އަށް އެރީ އެވެ. އަދި ވެސް ބައެއް މަގާމުތަކަށް ވަނީ ބޭފުޅުން އައްޔަންނުކޮށެވެ. އެގޮތުން ހެލްތު މިނިސްޓްރީ އެޑިޔުކޭޝަނާއި އެޓާނީ ޖެނެރަލަކާއި ޖެންޑާ އެންޑް ފެމެލީ އާއި ޔޫތު މިނިސްޓްރީ އަށް އަދި ވަނީ ބޭފުޅުން އައްޔަންނުކޮށެވެ.

    ކުރިން ވަޒީރުކަމަށް އައްޔަންކޮށްފައި ވަނީ ފޮރިން މިނިސްޓަރު ކަމަށް ދުންޔާ މައުމޫނާއި ޑިފެންސް މިނިސްޓަރު ކަމަށް މުހައްމަދު ނާޒިމާއި ޓޫރިޒަމް މިނިސްޓަރު ކަމަށް އަހްމަދު އަދީބާއި ފިނޭންސް މިނިސްޓަރަކަށް އަބްދުﷲ ޖިހާދު އަދި ޓްރާންސްޕޯޓް މިނިސްޓަރު ކަމަށް އަމީން އިބްރާހީމެވެ.

    ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވީ މިވަގު ވެސް ވަޒީރުން އޮފީހަށް ވަޑައިގެން މަސައްކަތް ފައްޓަވަންވީ ކަމަށާއި އަދި ވަރަށް އަވަހަށް ކެބިނެޓް ޖަލްސާއެއް ބާއްވަވާނެ ކަމަށެވެ.

    16:52

    ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމު ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު( މުންދު) އަށް ދެއްވައިފި.
    16:48

    ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމަށް ކުރީގެ އެކޮނަމިކް މިނިސްޓަރު އަހުމަދު މުހައްމަދު (އަންޑޭ) އައްޔަން ކުރައްވައިފި.
    16:35

    ވަރަށް އަވަހަށް ކެބިނެޓް ބައްދަލުވުމެއް ބާއްވާނަން އަދި 100 ދުވަހުގެ ރޯޑް މެޕެއް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި.
    16:34

    ކޮންމެ ބޭފުޅަކު ވެސް ލަޔާގަތާއި ގާބިލިއްޔަތު ތަން ދިން މިންވަރަކުން އަވަސަކޮށް މަސައްކަތް ކުރެއްވުމަށް ރައީސް އެދިވަޑައިގެންނެވި. މުއްސަސާތައް ވަނީ ވީރާނާވެފައި ކަމަށާއި ރައްޔިތުން ތިބީ ކެތްމަދުވެފައިވާ ކަމަށާއި ރައްޔިތުންނަށް ހިތްހަމަ ޖެހުން ގެނެސް ދެއްވުމަށް ރައީސް އެދިވަޑައިގެންނެވި.
    16:32

    ވަކި ޕާޓީއަކަށް ބެލުމެއް ނެތި، މެނިފެސްޓޯގައިވާ ކަންކަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޔާމީން އަބްދުލްގައްޔޫމު މިނިސްޓަރުންގެ ކިބައިން އެދިވަޑައިގެންނެވި.
    16:31

    މިނިސްޓަރު ކަމަށް ހަ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު އައްޔަން ކުރައްވައިފި އެވެ.

    މިނިސްޓަރު ކަމަށް ހަ ބޭފުޅަކު އައްޔަން ކުރައްވާފައި ވަނީ ދެންމެ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

    ހޯމް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައި ވަނީ އުމަރު ނަސީރު އެވެ.

    އިސްލާމިކް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައި ވަނީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

    ހައުސިން މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައި ވަނީ ޑރ. މުހައްމަދު މުއިއްޒު އެވެ.

    އިކޮނޮމިކް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައި ވަނީ މުހައްމަދު ސައީދު އެވެ.

    އެންވާރަމެންޓް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައި ވަނީ ތޯރިގް އިބްރާހީމް އެވެ.

    ފިޝަރީޒް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައި ވަނީ ޑރ. މުހައްމަދު ޝައިނީ އެވެ.

    16:29

    ފިޝަރީޒު މިނިސްޓަރު ކަމަށް ޑރ. މުހައްމަދު ޝައިމަން. އިކޮނަމިކް މިނިސްޓަރު ކަމަށް މުހައްމަދު ސައީދު.
    16:28

    އިސްލާމިކް މިނިސްޓަރު ކަމަށް މުހައްމަދު ޝަހީމު. ހޯމް މިނިސްޓަރު ކަމަށް އުމަރު ނަސީރު
    16:24

    މިއަދު ހުވާ ކުރައްވަނީ ހަބޭފުޅަކު
    16:11

    ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްޑީއޭގެ ލީޑަރު އަހުމަދު ޝިޔާމު މުހައްމަދާއި ގައުމީ ޕާޓީގެ ލީޑަރު ރިޔާޒު ރަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ރައީސް އޮފީހަށް ވެދެވަޑައިގެންފި.
    15:59

    ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދު ވެސް ރައީސް އޮފީހަށް ވަންނަވައިފި. ޝަހީމަށް ހުށަހަޅުއްވަނީ އިސްލާމިކް މިނިސްޓްރީ
    15:58

    ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވެސް ރައީސް އޮފީހަށް ވަޑައިގެންފި.
    15:51

    ރާއީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އާ އެކު ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރާއި ތޯރިގު އިބްރާހީމް އަދި ގާސިމް އިބްރާހީމްގެ ކެމްޕޭން މެނޭޖަރު މުހައްމަދު ސައީދު ރައީސް އޮފީހަށް ވަންނަވައިފި. ސައީދަށް ހުށަހަޅާފައި ވަނީ އެކޮނަމިކް އެންޑް ޓްރޭޑް މިނިސްޓަރުކަން.