ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު އަސްވާން އެ މަގާމުން ވަކިކުރައްވައިފި އެވެ.

އޭނާ އެ މަގާމުން ވަކިކުރެއްވީ އިއްޔެ އެވެ.

އަސްވާން ވިދާޅުވީ އޭނާ މަގާމުން ވަކިކުރެއްވީ އޭނާގެ ޓާމް ހަމަކުރުމަށް ފަހު، އާ ރައީސަކު ސަރުކާރު ހިންގަވަން ފެއްޓެވުމުން ކަމަށާއި ސިޔާސީ މަގާމުތަކަށް އެ ބަދަލު އަންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އަސްވާން މަގާމުން ވަކިކުރި މައްސަލައާ ގުޅޭ ގޮތުން ސަރުކާރުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އަދި އޭނާ ހުންނެވި މަގާމަށް އެހެން ބޭފުޅަކު އައްޔަން ކުރައްވާފައެއް ނުވެ އެވެ.

އަސްވާނަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ކަމުގެ މަގާމަށް އައްޔަން ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދު 11 މެއި 2011 ވަނަ ދުވަހު އެވެ.