ފައިނޭސް މިނިސްޓްރީގެ ފައިނޭޝަލް ކޮންޓްރޯލާ މުހައްމަދު އަހުމަދު މަގާމުން ވަކިކޮށްފި އެވެ.

ފައިނޭންސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އިސްމާއީލު އަލި މަނިކު މިއަދު ސަން އަށް ވިދާޅުވީ އަހުމަދު އެ މަގާމުން ވަކިކުރެއްވި ކަމުގެ ޗިޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ފޮނުވާފައިވާ ކަމަށެވެ.

ނަމަވެސް އެ މަގާމަށް އިތުރު ބޭފުޅަކު އަދި އައްޔަން ކުރައްވާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ސަރުކާރު ހިންގަވަން ފެއްޓެވުމާ އެކު ކުރިން ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަގާމުތަކަށް ބަދަލު ގެންނެވުމުގެ މަސައްކަތް ވަނީ ފައްޓަވާފަ އެވެ.