18 Nov 2013, 09:53
ޕަވާ ހޯސް ގައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ބުރުގައި ކުޅޭ ފުރަތަމަ މެޗުގައި ޕޮލިސް ކުލަބާއި ކްލަބު ޕީކޭ މިއަދު ހަވީރު ބައްދަލުކުރާނެ އެވެ.
ޕޮލިސް ކްލަބާއި ކްލަބު ޕީކޭ ބައްދަލުކުރާ މެޗް ފަށާނީ މިއަދު ހަވީރު 4:30ގައި ޒުވާނުންގެ މަރުކަޒުގެ އެތެރޭކޯޓުގަ އެވެ.
ގައުމީ ވޮޅީބޯޅަ ލީގުގެ ފުރަތަމަ ބުރުގައި ދެވަނަ ހޯދި ޕޮލިސް ކުލަބުން ދެވަނަ ބުރުގައި ކްލަބު ޕީކޭއާއި ދެކޮޅަށް ނުކުންނައިރު ކުލަބު ޕީކޭ ފުރަތަމަ ބުރު ނިންމާލާފައި ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އެއްވަނަ ޓީމްގެ ގޮތުގަ އެވެ.
ދެވަނަ ބުރު ފަށާއިރު ލީގުގެ ގަދަ ހަތަރު ޓީމު ވަރުގަދަކުރުމަށްޓަކައި ހުރިހާ ޓީމަކުން ވެސް ވަނީ ބިދޭސީ ކުޅުންތެރިން ގެނެސްފަ އެވެ.
މިގޮތުން ޕޮލިސް ކްލަބަށް ވަނީ އިންޑިޔާގެ ގައުމީ ޓީމަށްކުޅޭ ހުނަރުވެރި ކުޅުންތެރިއެއްކަމަށްވާ ޕްރަބާގަރަން ގެނެސްފަ އެވެ.
މުބާރާތުގެ ދެ ވަނަ މެޗުގައި މިރޭ 8:30ގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކްލަބާއި ޔޫތު ސްޕޯޓްސް ކުލަބެވެ.