އެއާޓެކްސީގެ ބޯޓެއް ނައްޓައިލަން އުޅުމުގެ ތެރޭ އެހެން ބޯޓެއްގެ ފިޔަގަނޑުގައި ޖެހިއްޖެ އެވެ.


ސިވިލް އޭވިއޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު ކަމަށާއި ނަމަވެސް އެއީ އެކަމުގައި ގެއްލުންތަކެއް ލިބުނު ސީރިއަސް ހާދިސާއެއް ނޫން ކަމަށެވެ.


"އަޅުގަނޑަށް މިހާތަނަށް އެނގިފައި ވަނީ ހެނދުނު އެއް ބޯޓު ޓެކްސީކުރަން އުޅުމުގެ ތެރޭގައި ޕާކްކޮށްފައި އޮތް އެހެން ބޯޓެއްގެ ފިޔަގަނޑުގައި ޖެހުނީ ކަމަށް. އަދި އިތުރު މައްސަލަތަކެއް އޭގެ ސަބަބުން ނުކުމެފައި ނުވާ ކަމަށް،" ސިވިލް އޭވިއޭޝަންގެ އޮފިޝަލު ވިދާޅުވި އެވެ.


އޭނާ އަދި ވިދާޅުވީ ހެނދުނު ހިނގި އެ ހާދިސާގެ ފުރިހަމަ ރިޕޯޓަކަށް އެދިވަޑައިގެންފައިވާނެ ކަމަށާއި އެ ރިޕޯޓު ލިބުމުން މީޑިއާއާ ހިއްސާކުރައްވާނެ ކަމަށެވެ.