މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން ބުނީ މިގޮތަށް ހަމަޖެއްސެވީ މާދަމާއަކީ އާ ރައީސުލްޖުމްހޫރިއްޔާ މަގާމަށް ހުވާކުރައްވައި މަޤާމާ ހަވާލުވެވަޑައިގަންނަވާ ދުވަސް ކަމަށް ވާތީ އާއި ރިޔާސީ އިންތިޚާބުގެ އެކި މަސައްކަތްތަކުގައި މިއަދާއި، މިރޭ، ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު، އުޅުއްވަން ޖެހިވަޑައިގެންފައިވާތީ އެވެ.