ހެންވޭރު ގެއެއްގެ ހަތަރު ވަނަ ބުރިން ޒުވާނަކު ވެއްޓި ޒަހަމްވުމާ ގުޅިގެން އޭޑީކޭއަށް ގެންގޮސް ފަރުވާދޭން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މީގެ ކުޑައިރު ކޮޅެއް ކުރިން މީހަކު ވެއްޓިފައިވަނީ ހ.އަލިކުރި ގޭގެ ހަތަރު ވަނަ ފަންގިފިލާއިން ކަމަށެވެ. ނަމަވެސް އެމީހާ އެގޭ މަތިން ވެއްޓެން ދިމާވީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި އެނގިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ހެންވޭރު ގެއަކުން މީހަކު ވެއްޓި ޒަހަމްވެފައިވާއިރު އިއްޔެ ވެސް ވަނީ ގަލޮޅުގައި ހުރި ގެއެއްގެ ފަސް ވަނަ ބުރިން މީހަކު ވެއްޓިގެން ފަރުވާދެމުން ގެންދަނިކޮށް މަރުވެފަ އެވެ. އެމީހާ ވެއްޓުނީ އެގެއިން ވައްކަން ކުރަން އުޅެނިކޮށް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.