މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ހަތް ލައްކައަށް ވުރެ އިތުރުވެއްޖެ އެވެ.

އެއާޕޯޓުގެ ބޯޑަ ކޮންޓްރޯލް ސިސްޓަމް ބަދަލުކުރުމާ ގުޅިގެން ޓޫރިޒަމް ތަފާސް ހިސާބުތައް އާއްމުކުނުކުރެވި ތިން މަހަށް ފަހު މިދިޔަ ހަފުތާގައި ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮގަސްޓް މަހުގެ ނިޔަލަށް 725،977 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 18.1 ޕަސެންޓްގެ އިތުރުވުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮގަސްޓް މަހު އެކަނި ވެސް 98،338 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 23.3 ޕަސެންޓްގެ އިތުރުވުމެކެވެ.

އެ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 35،814 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ގާތްގަނޑަކަށް 42 ޕަސެންޓްގެ ކުރިއެރުމެކެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޖަރުމަނުންނެވެ. އަދި ރަޝިއާ އާއި އިޓަލީން އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ އޮގަސްޓް މަހު ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ކުރިން ދަށްވެފައިވާ ޔޫރަޕްގެ މާކެޓް އަންނަނީ މަޑުމަޑުން އިތުރުވަމުންނެވެ.