މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ޓަކައި ބޭނުންވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ފޮރުވަމުންދާ ކަމަށާއި އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ރެއިން ފެށިގެން ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި މީހުންގެ އައިޑީކާޑު ފޮރުވަމުންދާކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށާއި އެކަމަކީ އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނުގެ ދަށުން އަދަބު ލިބޭ ކުށަކަށް ވާތީ އެފަދަ މައްސަލަތައް ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާނެ ކަމަށެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް ފަރާތްތަކުގެ އައިޑީ ކާޑު ގަތުމުގެ މަސައްކަތް ބައެއް ސިޔާސީ ޕާޓީތަކުން ދަނީ ކުރަމުންނެވެ.