14 Nov 2013, 23:39
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ބޭނުންކުރާ ވޯޓުލާ މީހުންގެ ފައިނަލް ލިސްޓުގައި ދެ ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރައްވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އާސިމް އަބްދުއްސައްތާރު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތުންނާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދުގެ ފަރާތުންވެސް ހުރިހާ ލިސްޓުތަކުގައި ސޮއިކޮށްފައިވާ ކަމަށެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ބޭނުންކުރައްވާނީ ފުރަތަމަ ބުރުގައި ވެސް އެ ކެންޑިޑޭޓުން ބޭނުން ކުރެއްވި ނަންބަރުތައް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އެގޮތަށް ނިންމާފައި ވަނީ ކެންޑިޑޭޓުންގެ މަންދޫބުނާ މަޝްވަރާ ކުރުމަށް ފަހު އެވެ.
ދެ ކެންޑިޑޭޓުންގެ ނަމާ އެކު ދެވަނަ ބުރުގެ ވޯޓު ކަރުދާސްތައް މިހާރު ޕްރިންޓްކޮށް ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.