މިއަދު ހެނދުނު މާފަންނު ސަހަރާ ކަންމަތިން ޕިކަޕަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ސައިކަލު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެ އެވެ.


ފުލުހުން ބުނީ، އެ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އަދި ނޭގޭ ކަމަށާއި އިތުރު މައުލޫމާތު ސާފުކުރަމުންދާ ކަމަށެވެ.


ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް އަދި އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.  


އެ ސަރަހައްދުން ވާހަކަ ދެއްކި މީހަކު ދެންމެ ބުނީ، ސައިކަލު އޮތީ އެއްކޮށް ޕިކަޕު ދަށުވެފައި ކަމަށާއި ޕިކަޕު ދަށުން ސައިކަލު ނެގިއިރު އޮތީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.