14 Nov 2013, 13:01
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިނގިލީގައި ފާހަގަ ޖަހާނީ ވައަތުގެ ކަށި އިނގިލީގައި ކަމަށް އިލެކްޝަންސް ކޮމިޝަންއިން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް މިއަދު "ސަން" އަށް ވިދާޅުވީ އެންމެ ފަހުން ބޭއްވި އިންތިހާބުގައި އިނގިލީގައި ޖަހާފައިވާ ފާހަގަ އަދި ފިލައިގެން ނުދާނެ ކަމަށާއި އެހެން ކަމުން މިފަހަރު ފާހަގަ ޖަހަން ނިންމާފައި ވަނީ ވާއަތުގެ ކަށި އިނގިލީގައި ކަމަށެވެ.
"ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިނގިލީގެ ނިޝާން ނުވަތަ ފާހަގަ ޖަހަން ނިންމާފައި ވަނީ ވާއަތު އަތުގެ ކަށި އިނގިލީގައި،" ފުއާދު ތައުފީގް ވިދާޅުވި އެވެ.
ސެޕްޓެންބަރު މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ފާހަގަ ޖަހާފައި ވަނީ ކަނާއަތުގެ ޝަހާދަތް އިނގިލީގަ އެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ޖަހާފައި ވަނީ ވާއަތުގެ ޝަހާދަތް އިނގިލީގަ އެވެ.
ފުއާދު ވިދާޅުވީ ހޮނިހިރު ދުވަހު އިންތިހާބު ބޭއްވުމަށް ޓަކައި ސުޕްރީމް ކޯޓުގެ ގައިޑްލައިންތަކާ އެއްގޮތަށް އެމްޑީޕީ އާއި ޕީޕީއެމް އިން ސޮއި ކުރަމުންދާ ކަމަށެވެ. އަދި ލިސްޓުތަކުގައި ސޮއިކޮށް މިރޭ ނިމޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ފުއާދު ވިދާޅުވި އެވެ.