މަންމަޔާ އެކު ހިނގާފައި ދިޔަ 13 އަހަރުގެ އަންހެން ކުއްޖަކު އައްޑޫ ލިންކުރޯޑުގައި ދުއްވާފައި ދިޔަ ކާރަކުން ޖެހި މަރުވެއްޖެ އެވެ.

ލިންކު ރޯޑުގެ ލައިޓުތައް ނިއްވާފައި ވަނިކޮށް، ހިނގި އެކްސިޑެންޓުގައި މަރުވެފައި ވަނީ އައްޑޫ ހިތަދޫ ސަނީ ރޯޒް، އާމިނަތު ޒީޝާން އެވެ.

އައްޑޫ ސިޓީ ސްޓޭޓް ސްކެއާ ސަރަހައްދާ ކައިރީގައި ހިނގި އެ އެކްސިޑެންޓާ ގުޅޭ ގޮތުން ފުލުހުން ބުނީ 13 އަހަރުގެ އަންހެން ކުއްޖާ މަރުވި އެކްސިޑެންޓް ހިނގީ މިރޭ 7:00 އެހާކަންހާއިރު ކަމަށާއި އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައި އިރު ވެސް މަރުވެފައިވާ ކަމަށެވެ.