ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސްޕޭންގެ ރަފައެލް ނަޑާލް ސީދާ ދެ ސެޓުން ބަލިކޮށް އޭޓީޕީ ވޯލްޑް ޓުއާގެ ތަށި ސާބިއާގެ ނޮވަކް ޖޮކޮވިޗް ރޭ އުފުލާލައިފި އެވެ.

މެޗުގެ ސެޓުތައް ޖޮކޮވިޗް ހޯދާފައި ވަނީ 6-3 އަދި 6-4 އިންނެވެ. ރޭގެ މެޗުގެ ތަށި ޖޮކޮވިޗް އުފުލާލުމުން އޭނާ އަށް މިހާރު ވަނީ މިމުބާރާތުގެ ތަށި ތިން ވަނަ ފަހަރަށް އުފުލާލުމުގެ ޝަރަފް ލިބިފަ އެވެ.

ރޭގެ މެޗަށް ފަހު އުމުރުން 29 އަހަރުގެ ޖޮކޮވިޗް ބުނީ، ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާ އަތުން މޮޅުވުމުން ވަރަށް އުފާވާ ކަމަށާއި އަދި މިލިބުނު އުފަލުގެ ފަހަތުގައި ވަރަށް ގިނަ ބަޔަކު ތިބޭނެ ކަމަށް އުންމީދު ކުރާކަމަށެވެ.

"އަހަރެން މިހުރީ ވަރަށް އުފަލުން. މި ކާމިޔާބީގެ ފަހަތުގައި އަހަރެންގެ ކޯޗް އަބަދުވެސް ހުންނާނެ. އަހަރެން ކޯވަށް މަރުހަބާ އާއި ޝުކުރު ދަންނަވަން." ޖޮކޮވިޗް ބުންޏެވެ.

ނަޑާލް ބުނީ، މެޗުން މޮޅުވި ޖޮކްވިޗްއަށް މަރުހަބާ ކިޔާ ކަމަށާއި މެޗުގައި ބަލިވީ އެންމެ ރަނގަޅަށް ނުކުޅެވުނީމާ ކަމަށް ގަބޫލް ކުރާ ކަމަށެވެ.