12 Nov 2013, 10:45
ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ހުސައިން ޝަމީމް ހަމަޖައްސަވައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ޝަމީމް އެމަގާމަށް ހަމަޖައްސަވާފައި ވަނީ މިއަދު ކަމަށާއި މިއަދުން ފެށިގެން މަގާމުގެ މަސްއޫލިއްޔަތު އޭނާ އަދާކުރައްވާނެ ކަމަށެވެ.
އެމަގާމަށް ޝަމީމް ހަމަޖައްސަވާފައި މިވަނީ، ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި ދީބާނާޒް ފަހުމީ އިސްތިއުފާ ދެއްވުމާ ގުޅިގެން ނެވެ.
ޝަމީމަކީ މީގެ ކުރިން ވެސް ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އެމަގާމާ ޝަމީމް ކުރިން ހަވާލުވެވަޑައިގަތީ 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
އޭގެ ފަހުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން ޝަމީމް އިސްތިއުފާ ދެއްވާފައި ވަނީ މަތީ ތައުލީމް ހާސިލްކުރެއްވުމަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށެވެ.