11 Nov 2013, 21:07
ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ތަފާތު މައްސަލަތަކުގައި އެކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާ ހަ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނީ އެ އަމުރުތަކުގެ ދަށުން ފުލުހުން ހޯދަމުން ދަނީ ފުވައްމުލައް، މޯޝަން، ނަދީމް އިބްރާހިމް 25އ އާއި ތ. ތިމަރަފުށި، ވާރޭވިލާ، އަޙްމަދު އަޝްރަފް 24އ އާއި ސ. ފޭދޫ، ނީލްވިލާ، މުޙައްމަދު ޔާމީން 24އ އާއި ނ. މިލަދޫ، ސިނަމާވިލާ، އަޙްމަދު ނާޞިރު 27އ. އާއި ސ. މަރަދޫ، މާޖެހިގެ، އިބްރާހިމް ސާމިޢު (44އ ގެ އަދި ފުވައްމުލައް، އަންނާރުމާގެ، ޢަބްދުﷲ ސަޢީދު 31އ. ކަމަށެވެ.
ފުލުހުން ބުނީ އެ މީހުންގެ ތެރެއިން ނަދީމް އަކީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައަކަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހެެއް ކަމަށެވެ. އަދި އަޝްރަފްއަކީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމާއި، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައަކަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޔާމީންއަކީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ޖަމާޢަތް ހަދައިގެން ވައްކަން ކުރުމުގެ ކުށުގެ މައްސަލައަކާއި ގުޅިގެން ކޯޓަށް ހާޒިރުވުމުގެ އަމުރަކާއި ހަވާލުވެ ކޯޓަށް ހާޒިރުވެފައިނުވާތީ ފުލުހުންގެ ބަންދުގައި ބަހައްޓަައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ނެރެފައިވާ މީހެއް ކަމަށެވެ. އަދި ނާސިރުއަކީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމާއި ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައަކަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާ މީހެއް ކަމަށެވެ.
ފުލުހުން ބުނީ ސާމިޢު އަކީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި، ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަަލައަކަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކަށްވާއިރު ސައީދު އަކީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމާއި، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ބޭނުންކުރުމާއި، ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ މައްސަލައަކަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މީހުންނާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތެއް މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުން އެދެމެވެ. ރާއްޖޭގެ ރަށަކުން ނަމަ އެ ރަށެއްގެ ޕޮލިސް ސްޓޭޝަނަކަށް އަދި ޕޮލިސް ސްޓޭޝަން ނެތް ރަށެއް ނަމަ އެ ރަށެއްގެ ކައުންސިލް އިދާރާ މެދުވެރިކޮށް މި ސާވިސްއަށް އެންގުމަށް ފުލުހުން ބުންޏެވެ.