Last Updated: 1 decade 2 year ago
ބުލޮގު ޚުލާސާ
ޖުމްހޫރީ ގުޅުމުގެ އިސް ބޭފުޅުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ތާއިދު ކުރައްވަން ނިންމަވައި، އެކަން އިއުލާން ކުރެއްވުމަށް ބާއްވާ ޕްރެސް ކޮންފަރެންސް ފަށައިފި. އެ ޕްރެސް ކޮންފަރެންސް މިހާރު ކުރިއަށް ދަނީ ދަރުބާރުގޭގައި.
"އެންމެން ގުޅިގެން ކޯލިޝަން"ގެ ޕްރެސް ކޮންފަރެންސްގައި އަދާލަތު ޕާޓީގެ ފަރާތުން ވާހަކަފުޅު ދެއްކެވީ ޝެއިހް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު. އޭނާ ވަނީ ދީނީ އިލްމުވެރިންނަށް އިލްތިމާސްކޮށްފައި. އެންމެން ގުޅިގެން ގައުމުގެ ހައްގުގައި އެކައްޗަކަށްވެ، ޔާމީނަށް ތާއިދު ކުރެއްވުމަށް ޝަހީމް ގޮވާލެއްވި. އަދި މިއަދު އެކަތިގަނޑަކަށް ނުވެއްޖެނަމަ، ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމަށް ޝަހީމް ވިދާޅުވި.
ޖޭޕީއަށް ތާއިދު ކުރި ހުރި ޕާޓީތަކެއް މިހާރު ތިބީ ޔާމިންގެ ފަހަތްޕުޅުގައި. އަދާލަތާއި އައިޑީޕީ އާއި ގައުމީ ޕާޓީ ވެސް ވަނީ ޔާމީނަށް ތާއިދުކޮށްފައި.