11 Nov 2013, 15:26
ވިއު ކޮންސްޓްރަކްޝަނުން މަސައްކަތް ކުރަމުންދާ ސައިޓަކަށް ވެލި ބަރުކޮށްގެން އައި ނަލަހިޔާގެ ލޮރީއެއް އެ ސައިޓު ތެރޭގައި ފުރޮޅާލައިފި އެވެ.
އެ ސައިޓުގައި މަސައްކަތް ކުރާ ވިއު ކޮންސްޓްރަކްޝަންގެ މީހަކު "ސަން" އަށް ބުނީ އެ ލޮރީ ފުރޮޅާލާފައި ވަނީ އެ ސައިޓަށް ބޭނުންވާ ވެލި ހިފައިގެން ދިޔަތަނުން މިއަދު މެންދުރު 2:00ގައި ކަމަށެވެ. އަދި އެ ލޮރީ ފުރޮޅާލުމުން އެއްވެސް މީހަކަށް ގެންލުމެއް ނުލިބޭ ކަމަށާއި ނަމަވެސް ފުރޮޅާލުމުން ސަރަހައްދެއްގައި ބަހައްޓާފައި ހުރި ދަގަނޑުތައް ގުދުވެފައިވާ ކަމަށެވެ.
މިހާރު އެ ލޮރީ ނެގުމަށް ކެރޭނެއްގެ އެހީއަށް އެދިފައިވާ ކަމަށް ވެސް އޭނާ މައުލޫމާތު ދިނެވެ.