ބަނގުރާފުޅިއަކާ އެކު ކ. ގުރައިދޫން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހުގެ ރޭ 9:45 އެހާކަންހާއިރު ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރުގެ މީހެއް ކަމަށެވެ.

އަދި އޭނާ ހައްޔަރުކޮށްފައި ވަނީ ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ފެނުމާ އެކު އޭނާ އަތުގައި އޮތް އެއްޗެއް އެއްލާލި މަންޒަރު ފުލުހުންނަށް ފެނުމާ ގުޅިގެން އެއްލާލި އެތި ބަލާފާސްކުރި އިރު ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް އެ އަތޮޅު މާފުށީ ކޯޓުން ވަނީ ހަތް ދުވަސް ޖަހައިދީފަ އެވެ.