ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖާ ފެނިއްޖެ އެވެ.

މިދިޔަ ބުދަ ދުވަހުގެެރެއިން ފެށިގެން ގެއްލިގެން ހޯދަމުން ގޮސްފައި ވަނީ މއ. ބްލެކްޕޫލް އިސްމާއިލް ޝަފްރާޒް، 17، އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 11:00 ހާއިރު ޝަފްރާޒް ފެނިގެން ރިޕޯޓުކޮށްފައި ވަނީ އާއިލާ އިން ކަމަށާއި އޭނާ ފެނިފައި ވަނީ އެގެކައިރިން ކަމަށެވެ.


އެކުއްޖާ ގެއްލެން ދިމާވި ސަބަބު މޯލްޑިވްސް ޕޮލިސް ސަވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.