10 Nov 2013, 15:23
ރައްޔިތުންގެ މަޖިލީހުން ޖޫޑިޝަލް ސާވިސް ކޮމިޝަނަށް (ޖޭއެސްސީ) ކަނޑައެޅުއްވި ބިލަތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ ޖޭއެސްސީ އަށް ހަމަޖައްސަވައި މިއަދު ހުވާ ކުރައްވައިފި އެވެ.
ހަމްޒާ ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރެއްވުމަށް ފަހު އޭނާ މިހާރު އިންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަރިހުގަ އެވެ.
އަޙްމަދު ހަމްޒާ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް ހަމަޖެއްސެވި ކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ ޙަވާލު ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
އެ ރަސްމިއްޔާތުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފުގެ ކުރިމަތީގައި ޖުޑީޝަލް ސަވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވާ، އަޙްމަދު ހަމްޒާ ކުރެއްވި އެވެ.