ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން، ހ. ހާޖަރާގޭ އަޙްމަދު ތައުފީގު (ޓޯޕީ) ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވައިފި އެވެ.

ޓޯޕީއަށް ސްޓޭޓް މިނިސްޓަރުކަން ދެއްވިއިރު، އޭނާ ކުރިން ހުންނެވީ ރައީސް އޮފީހުގެ ޕޮލިޓިކަލް އެޑްވައިޒަރެއްގެ ގޮތުގަ އެވެ.

ރައީސް ވަހީދުގެ ރިޔާސީ ދައުރު މިރޭ 12:00އަށް ހަމަވާން ކައިރިވެފައި ވަނިކޮށް، ރައީސް ވަހީދު ނިސްބަތްވެވަޑައިގަންނަވާ ގައުމީ އިއްތިހާދު ޕާޓީގެ ކައުންސިލް މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ޓޯޕީއަށް ސްޓޭޓް މިނިސްޓަރުކަން ދެއްވިއިރު، އޭނާއަކީ ރައީސް ވަހީދުގެ ރިޔާސީ އެޖެންޓެވެ.

ސުޕްރީމް ކޯޓުން ރޭ ހުކުމްކޮށްފައި ވަނީ އާ ރައީސަކު އިންތިހާބު ވަންދެން މިހާރުގެ ރައީސަށް ވެރިކަމުގައި ދެމިހުންނެވިދާނެ ކަމަށެވެ. ނަމަވެސް ރައީސް ވަހީދު ވެރިކަމުގައި ހުރުހުން ދިގު ނުދެންމޭނެ އެވެ.