10 Nov 2013, 11:02
މިދިޔަ ބުދަ ދުވަހުން ފެށިގެން އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ މއ. ބްލެކްޕޫލް، އިސްމާއީލް ޝަފްރާޒް 17، ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ 1:00 ހާއިރު ކަމަށެވެ. އަދި އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި ޝަފްރާޒު ގެއްލިފައިވަނީ ބުދަ ދުވަހުގެރޭ ކަމަށެވެ. ބުދަ ދުވަހުގެރޭ 8:45 ހާއިރުން ފެށިގެން ޝަފްރާޒު ދިޔަ ވަކިތަނެއް ނޭންގޭ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޝަފްރާޒް އެންމެ ފަހުން ލައިގެން ހުރީ ވައިލެޓް ކުލައިގެ ގަމީހަކާއި ކުކުޅު ބިސް ކުލައިގެ ސްކިނީ ޖީންސެއް ކަމަށެވެ. އަދި ޝަފްރާޒަކީ ލޮލުގެ ކުލަ ކަޅު، ތުނި އިސްތަށިގަނޑެއް ހުންނަ ހަށިގަނޑު ހިކިކޮށް، އިސްކޮޅުން ދިގުކޮށް ހުންނަ ކުއްޖެއްކަމަށް ޢާއިލާއިން ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ކަމަށެވެ.
ޝަފްރާޒު އެންމެ ފަހުން ފެނިފައިވަނީ ދަރުބާރުގެ ކައިރިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ގެއްލިގެން ހޯދަމުން އަންނަ ޝަފްރާޒްއާ ބެހޭ މައުލޫމާތެއް ލިބިފައިވާނަމަ އެކަން ލަސްނުކޮށް ފުލުހުންނަށް އެންގުމަށް ވަނީ އެދިފަ އެވެ.